Friday, September 29, 2023

ރިކިލިރާޅު: ރާޅާއަޅަން ރަށު މެދަށް

ފީޗަރ އާޓިކަލް


އެތަނަށް ވަދެވުމާއެކު ލޮލުގައި އަޅައިގަތީ ސާފިން ބޯޑުތައް ކިހިލި ޖަހައިލައިގެން ހޭލަމޭލަވުން ދިޔަ ދެ ޖިންސުގެ ޒުވާނުންނެވެ. ރާޅުތަކުގެ ހޮޅި މެދުން ހިނިތުންވެލައިގެން ހޯބޯ ލަވަމުންދާ ދިވެހީންގެ އަޑުން މުޅި ތަން އޮތީ އެއް އަޑު ކިޔައިލަ ކިޔައިލައެވެ.

Thursday, April 27, 2023

މޮޅު ލިޔުންތެރިއަކަށް ވުމަށް ޢަމަލުކުރެވިދާނެ ގޮތް

އިރުޝާދުދޭ ލިޔުން: 


ލިޔުންތެރިކަމުގެ ދާއިރާއިން ކުރިއަށް ދިޔުމަކީ ވަރަށް ގިނަ ދަރިވަރުން ބޭނުންވާ ކަމެކެވެ. ނަމަވެސް، މިއީ ގިނަ ދަރިވަރުންނަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމެކެވެ. އެހެންކަމުން، ހުނަރުވެރި މޮޅު ލިޔުންތެރިޔަކަށް ވުމަށް ޢަމަލު ކުރެވިދާނެ ގޮތުގެ ބައެއް އިރުޝާދުތައް ހިއްސާކޮށްލާނަމެވެ. 

Sunday, October 3, 2021

ހަގީގީ ރިކައުންޓު: އިހަވަންދުއަށް އުދައެރި ހާދިސާ

ހަގީގީ ރިކައުންޓް


2021 މޭ 14 ވަނަ ދުވަހުގެ މެންދުރެއްހާއިރު، ހއ. އިހަވަންދޫ ހުޅަނގު ފަރާތުން އަލަށް ގޯތި ދޫކުރި ސަރަހައްދަށް އުދަ އަރައި ބޮޑެތި ގެންލުންތަކެއްވިއެވެ. 


Saturday, September 18, 2021

އަޝްރަފު ޢަލީ: ދިވެހި އަދަބުގެ ލިލީ

 ބައޮގުރަފިކަލް ރިކައުންޓް
ލިޔުނީ: ފަތުޙުﷲ އަޙްމަދު (2021)

30 އޮގަސްޓު 1974ގައި ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ލިލީމާގެއަށް އުފަންވެ ވަޑައިގެންނެވި އަލްފާޟިލް އަޝްރަފު ޢަލީއަކީ ދިވެހިބަހަށް ޚިދުމަތް ކޮށްދެއްވުމުގެ ދާއިރާއިން، ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތެވެ. ގަލަމީ ނަންފުޅެއްގެ ގޮތުގައި އަޝްރަފު ބޭނުންކުރައްވަނީ "އަލިމަސް"އެވެ. ދިވެހި އަދަބުގައި އެމަނިކުފާނު މަޝްހޫރުވެފައިވަނީ "ލިލީ"ގެ ނަމުގައެވެ. 

Tuesday, September 14, 2021

ސާނަވީ ނިންމާ އިމްތިހާނުގެ ދިވެހި މާއްދާއިން "އޭ ސްޓަރ" ހޯދާނެ ގޮތް

 އިރުޝާދުދޭ ލިޔުން:

ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުގެ މާއްދާތަކުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި މާއްދާއިން އޭ ސްޓައެއް ނުހޯދުމެވެ. އެހެންކަމުން، ސާނަވީ މަރުހަލާ ނިންމާ އިމްތިހާނާ ހަމައަށްދާއިރު، އެންމެ އިސްކަމެއް ދޭން ޖެހޭ މާއްދާއަކަށް ވެފައި އޮންނަނީ ވެސް ދިވެހި މާއްދާއެވެ. އެހެންކަމުން، ސާނަވީ ނިންމާ އިމްތިހާނުގެ ދިވެހި މާއްދާއިން އޭ ސްޓަރ ހޯދިދާނެ ގޮތުގެ ބައެއް އިރުޝާދު ހިއްސާކޮށްލާނަމެވެ.

Wednesday, August 25, 2021

ފަހުރުވެރި އުތީމުގަނޑުވަރު


:ސިފަކުރާލިޔުން

ލިޔުނީ: ފަތުޙުﷲ އަޙްމަދު (2021)

ހުދުކުލައިގެ އެ ދޮރާށި ކައިރިއަށް ހުއްޓިލުމަށްފަހު، ކިޔައިލެވުނީ ޕުލާސްޓިކް ބޯޑުގައި ކަޅުކުލައިގެ ދެލިން ފަވާލައިފައިވާ ނަމެވެ. ދެފަރަތާށް ބަލައިލުމުން ވެސް ފެންނަނީ އެއް މަންޒަރެކެވެ. ދައުލަތުގެ ނިޝާނުގެ ތިރިން ތަނުގެ ނަން ސާދާ އަކުރު ތަކަކުން ފަވާލައިފައިވާ ތަނެވެ. އެއް ބޯޑުގައި ނަން އޮތީ ތާނައިންނެވެ. އަނެއް ބޯޑުގައި ނަން އޮތީ އިނގިރޭސިންނެވެ. އަކުރުތަކުގައި ފިލި ޖަހައިލަމުން ބޯޑުގައިވާ ނަން ދެފަހަރަކު ކިޔައިލެވުނެވެ. އެންމެ ފަހު ފަހަރަށް ހިތުން އެ ނަން ކިޔައިލެވުނެވެ. އާއެކެވެ. ހުއްޓި މި ހުރެވުނީ އެ ގަނޑުވަރެއް ދުށުމަށް އެތައް ބަޔަކު ބޭނުންވާ ފަހުރުވެރި އުތީމުގަނޑުވަރުގެ މައި ދޮރުގެ ކުރިމަތީގައެވެ.

Wednesday, October 23, 2019

ސްކްރީނަށް ބަރޯސާވުމުގެ ބަލި: އާއްމުވަމުންދާ ނުރައްކާތެރި ވަބާއެއް


                             =ފަތުޙުﷲ އަޙްމަދު(2019)=


"މިހާރު އެއްގޮތަކަށް ވެސް ގެއިން ބޭރަކަށް ނުދޭ. ހަމަ ކޮޓަރީގައި އޮންނަނީ."، "ރައްޓެހި ކުދީންނާއެކު ބޭރުގައި އުޅުން އިތުރުވާން ފެށުމުން ބައްޕަ ގަނެދިނީ ޓެބްލެޓެއް. އެހިސާބުން އެކަން ހައްލުވެއްޖެ." މިއީ މިހާރަކަށް އައިސް އިވެމުންދާ އަޑުތަކެވެ. މިފަދަ އަޑުތައް އިވެމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. ހަގީގަތަކީ މަގެއް ބަންދު ކުރުމަށްފަހު ގޯސް މަގެއް ހުޅުވައިދެވުނު ކަމެވެ. ލޯމަތީ ފެންނަ ހިސާބުގައި ދަރިފުޅު އިން ނަމަވެސް އޭނާގެ ޚިޔާލާއި ފިކުރުތައް އުދުހެމުން ދަނީ މާދުރުގައި ކަމެވެ. އިނގިލިތަކުން ހުޅުވަމުން، ވަންނަމުން ދަނީ ގޮތް ނޭނގޭ އެތައް ކިއްލާއަކަށް ކަމެވެ. މައިންބަފައިންގެ ލޯމަތީ ދަރިފުޅު ފެންނާތީ ހިތްހަމަ ޖެހުން އެއީ ހައްލަކަށް ނުވަނީ އެހެންވީމައެވެ.

Monday, September 23, 2019

ސުމާޓް ފޯނަށް ޚާއްޞަ އެޕްލިކޭޝަނެއް ތަރައްގީ ކުރަން ފުރުސަތު ލިބިއްޖެ ނަމަ


                -އިބްރާހިމް ޝަމްވީލް،އަތަގަސްދޮށުގެ، އިހަވަންދޫ 12އޭ-
ސައިންސާއި ފަންނިއްޔާތު (ޓެކްނޮލޮޖީ)ގެ އެހީގައި ދުނިޔެ މިވަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައެވެ. ކޮންމެ ކަމެއް ކުރުމުގައި ވެސް ސައިންސާއި ފަންނިއްޔާތުގެ ބޭނުން ދަނީ ހިފަމުންނެވެ. އެއީ މި ދާއިރާއަށް ލިބުނު ކުރިއެރުމުގެ ސަބަބުން ކަންތައްތައް ކުރުމުގައި ވަރަށް ބޮޑަށް ފަސޭހަވެފައި ވާތީއެވެ. މިގޮތުން، ސުމާޓު ފޯނަކީ މީހުންގެ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލުތަކެއް ގެނައި އެއް ވާސިތާއެވެ. އަތުގައި ސުމާޓު ފޯނެއް ނެތް މީހަކު މަދުއިރު، އެ ފޯނު މިވަނީ މީހާގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ވެސް ބާރު ފޯރުވާ އެއްޗަކަށް ވެފައެވެ. އޭގައި އެކުލެވޭ އެޕުތަކުގެ އެހީގައި އިންސާނާއަށް ތަފާތު ގިނަގުނަ ފަސޭހަތަކެއް ފޯރުކޮށްދެއެވެ. ސުމާޓު ފޯނުތަކަށް ޚާއްޞަ އެޕުލިކޭޝަނެއް ތަރައްގީ ކުރުމުގެ ފުރުސަތު ލިބިއްޖެނަމަ ތަރައްގީ ކުރާނީ އިގްތިސާދީ ކަންކަމަށް ޚާއްޞަ އެޕެކެވެ. މި އެޕުގެ އެހީގައި އިގްތިސާދީ ގިނަ މައުލޫމާތުތަކާއި ކުރިއަށް ދިއުމަށްހުރި ފުރުސަތުތައް ފަހުމުވެގެންދާނެއެވެ. މި އެޕު ވެގެންދާނީ، ޚާއްޞަ ގޮތެއްގައި ދިވެހިންނަށް އިގްތިސާދީ ގިނަގުނަ ފައިދާތަކެއް ހާސިލްވުމުގެ މެދުވެރިއަކަށެވެ. އަޅުގަނޑުގެ އެޕުގެ ނަމަކީ "ވުނޭރު" އެވެ.

Wednesday, May 1, 2019

ޒަމާނާއި ފަންނިއްޔާތު ގެނުވި ކުރިއެރުމުން، ދިވެހިންގެ އިޖުތިމާއީ ގުޅުންތަކަށް އައީ ނުރަގަނޅު ބަދަލެކެވެ.




=މަރިޔަމް ސުހާ، އަލިގާ (2019)، ގްރޭޑް 12ބީ، އިހަވަންދޫ ސްކޫލް=



ހަނދާނުގެ ދުރުމި، މީގެ އަހަރު ތަކެއް ކުރީގެ ދިވެހިރާއްޖެއަށް އަމާޒުކޮށްލައިފިނަމަ ފެނިގެންދަނީ އަހުވަންތަ ކަމުގެ ގޮށްޖަހައިލެވިފައިވާ އެކަތި ގަނޑެއްފަދަ ރައްޔިތުންނެވެ. ކަމަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ފަސްޖެހުމެއް ނެތި އެހީތެރިވެދޭ އަތްތަކެވެ. ރައްޓެއްސެއް ބީރަޓެއްސެއްގެ ފަރަގެއްނެތި ހަދިޔާކޮށްލާ ހިނިތުންވުމެވެ. ނަމަވެސް އަދުތޯއެވެ. ދިވެހިންގެ ތެރެއަށް ފަންނިއްޔާތު(ޓެކުނޮލޮޖީ)ގެ އާލާތްތައް ތައާރަފު ވެއްޖެއެވެ. ޒަމާނުގެ ދުވެލި ހަލުވިވެ، ފަންނިއްޔާތުގެ ރަހަތައް މި މުޖުތަމަޢު ތަޖުރިބާ ކޮށްފިއެވެ. ސުމާޓްފޯނުތަކާއި ކޮންޕިއުޓަރުގެ ފަސޭހަތަކެވެ. ކީބޯޑުގެ ފިއްތަކުން ސިކުންތުކޮޅެއްގެ ތެރޭގައި ކޮށްލާ ހަރަކާތްތަކެވެ. މުޢާމަލާތްތަކާއި މުވާސަލާތްތަކެވެ. ނަމަވެސް، ހިތާމައަކީ ކުރީގެ އެ އުފާވެރި މަނާޒިރުތައް އަދު މި ވެށިން ނުފެންނަކަމެވެ. އާކެއެވެ. ޒަމާނުގެ ތަހުޒީބާއި ފަންނިއްޔާތުގެ ހަރު ދުވެލީގެ އޮއިގައި ޖެހި ދިވެހިންގެ އިޖުތިމާއީ އަހުވަންތަ ކަމުގެ ފުރޮޅު ދަނީ ނުވަތައް އެނބުރެމުންނެވެ. ފަންނިއްޔާތުގެ ސަބަބުން ދިވެހިންގެ އިޖުތިމާއީ ގުޅުންތައް ދަނީ ހީނަރުވަމުންނެވެ.

Monday, April 15, 2019

ބުނާނީ، ލިޔާނީ ދިވެހިބަހުން


ވީޑިއޯ: https://youtu.be/LwHWS0UeNdc
ލިޔުނީ: ފަތުޙުﷲ އަޙްމަދު (2019)
އަދުގެ ޒުވާނުން އެންމެ ފަސޭހަކަމާއެކު ކުރާ އެއްޝަކުވާކީ، ބުނާން ބޭނުންވާ ވާހަކައެއް ނުވަތަ ލިޔާން ބޭނުންވާ ވާހަކައެއް ދިވެހިބަހުން ފާޅުނުކުރެވޭ ކަމަށް ބުނެ ކުރާ ޝަކުވާތައް. ފާޅުކުރާން ބޭނުންވާ ޚިޔާލުތައް ފަސޭހައިން ބުނެވޭނެ ރީތި ބަސްކޮށާރެއް ދިވެހިބަހުގައި ނެތޭ ބުނެ ދައްކާ ވާހަކަތައް. މިއީ ހަގީގީ ވާހަކަތަކެއް ނޫން. ތިމާގެ ހިތަށް ވެރިވާ ކޮންމެ ޝުޢޫރެއް، ކޮންމެ ޚިޔާލެއް ފަސޭހަކަމާއެކު ފާޅުކުރާން، ދިވެހިބަހުން ފުރުޞަތު އޮވޭ. ލިޔާން ވިޔަސް ވާހަކަދައްކާން ވިޔަސްމެ.

Tuesday, February 19, 2019

ތަރައްޤީއަށާއި އަމާންކަން ޤާއިމުކުރުމަށާއި ސުލްހައަށް ޓަކައި ވެހިބަސްބަސް ވަރަށް މުހިއްމު


ލިޔުނީ: ފަތުޙުﷲ އަޙްމަދު (2019 ފެބުރުވަރީ 19)
އިންސާނުން ވާހަކަދައްކާ ބަސްބަހާއި ބެއްސަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ބިރުވެރިކަމަކީ ބަވަނަވަމުންދާ ދުނިޔެއަށް ފައްކާނުވެ، ސުމޭކީ ވަސީލަތްތަކާއި ފަންނިއްޔާތުގެ މަންސަތަކަށް އަހުލުވެރި ނުވުމުގެ ސަބަބުން އެ ބަސްބަސް އުވި، ނެތިދާނެ ކަމުގެ ބިރުވެރިކަމެވެ. ވަކީން ޚާއްޞަކޮށް މަދު މީސްކޮޅެއް ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްބަހަށް މި ނުރައްކާ ބޮޑެވެ. އެއީ، އެހެން ބަސްބަހުގެ ނުފޫޒާއި އަޅުދާސްކުރުމާއި އެ ބަސްބަހަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ސަބަބުން އަމިއްލަ ބަހަށް އިހުމާލުވެވޭތީއެވެ. އަމިއްލަ ބަހުން ވާހަކަދެއްކުމަށް އޮންނަ ފުރުޞަތުތައް ހަނިވާތީއެވެ. އަމިއްލަ ބަހުން ޢިލްމު ހޯދުމަށް އޮންނަ ފުރުޞަތުތައް މަދުވާތީއެވެ. ނަތީޖާއަކަށް ވެގެންދަނީ އަމިއްލަބަސް އެއް ފަރާތްކޮށްލެވުމެވެ. ޒަމާނަށް އަދާހަމަ ނުވާ ބަހެއް ކަމަށް ޤަބޫލުކުރެވި ބީރައްޓެހި ކޮށްލެވުމެވެ.

Wednesday, August 1, 2018

ދާޚިލީ މިނިވަންކަމާއި ޚާރިޖީ މިނިވަންކަން


=ލިޔުނީ ފަތުޙުﷲ އަޙްމަދު(2018)=

އާދަމް އަލައިހިއްސަލާމާއި ހައްވާގެފާނު ޚަލްޤު ކުރެއްވާ، ސުވަރުގޭގެ ބަގީޗާގެތެރޭގައި ލެއްވުމަށްފަހު، އެ ދެކަނބަލުންނަށް އެންމެ ފުރަތަމަ ވެސް ދެއްވި ނިޢުމަތަކީ މިނިވަކަންކަމުގެ ނިޢުމަތެވެ. ޚާއްޞަ ކުރެވިފައިވާ ވަކި ގަހެއް ފިޔަވައި، ސުވަރުގޭގެ ބަގީޗާތަކުން ހުރިހާ ގަހަކުން ފަރިއްކުޅުވުމުގެ މިނިވަންކަމެވެ. މިކަމުން ދަލީލުކޮށްދެނީ މިނިވަންކަމަކީ އިންސާނާގެ ޠަބީއަތާ ގުޅިފައިވާ ކަމެއް ކަމެވެ. އިލާހީ ހަޟްރަތުގައި ވެސް އިންސާނާއަށް މިނިވަންކަން ދެއްވާފައިވާ މިންވަރެވެ. އެހެންމެ، މިނިވަންކަމުގެ ޚުދޫދުތަކާއި އިންތަކެއް ކަނޑައެޅިފައިވާ ކަމެވެ. ހިތު ހުރިހާ ކަމެއް ކުރުމާއި ހިތު ހުރިހާ ގޮތަކަށް އުޅުމީ މިނިވަންކަމުގެ ތަރަހައެއް ނޫންކަމެވެ.

Monday, March 19, 2018

ދިވެހި ފޯކްޓޭލްތަކުގައި އަންހެނުން ހުށަހަޅާފައިވާ ގޮތް




ތަޢާރަފު
ލިޔުނީ: ފަތުޙުﷲ އަޙްމަދު (2018)
ދިވެހިންނަކީ އަމިއްލަވަންތަ ސަގާފަތެއް ލިބިފައިވާ ބައެކެވެ. އާންމު މުޖުތަމައުގައި އަންހެނުންނަށް ޚާއްޞަ ޤަދަރެއްދީ ގޭތެރޭގެ ކަންކަން އަންހެނުންނަށް މަތިކޮށްގެން އުޅުނު ބައެކެވެ. އެހެންކަމުން، މި ދިރާސާ ޚާއްޞަކޮށްފައިވަނީ ދިވެހިންގެ މުއްސަނދި ސަގާފަތުގެ ތެރޭގައި ހިމެނޭ ދިވެހި ފޯކުޓޭލްތަކުގައި އަންހެން ޝަޚްޞުންގެ ޝަޚުޞިއްޔަތު ހުށަހަޅައިދީފައި ހުންނަ ގޮތުން ފާހަގަކުރެވޭ ކަންކަން ހާމަކުރުމަށެވެ. އެހެންކަމުން، މި ލިޓްރޭޗަރގައި ފޯކުލޯރއާއި ފޯކުޓޭލަކީ ކޮބައިކަމާއި، ފޯކުޓޭލްގެ ބޭނުމާއި، ފޯކުޓޭލްގެ ވައްތަރުތަކާއި، ފޯކުޓޭލްގެ ސިފަތަކާއި، ފޯކުޓޭލްގައި އުޅޭ ޝަޚްޞިއްޔަތުންނާއި، ފޯކުޓޭލްތަކުގައި އަންހެން ޝަޚުޞުން ހުށަހަޅާއިފައި ހުންނަ ގޮތާއި، ދިވެހި ފޯކުޓޭލާއި، ދިވެހި ފޯކުޓޭލްގައި އަންހެނުން ހުށަހަޅައިދީފައި ހުންނަގޮތައް ހިމަނަމުން، މިބައިތަކާމެދު ޢިލްމުވެރިން ފާޅުކޮށްފައިވާ ޚިޔާލުތަކަށް ޢިލްމީ ނަޒަރަކުން ބަހުސަށް ފުރުޞަތު ފަހިކޮށްފައިވާނެއެވެ.

Sunday, March 4, 2018

އުތުރުން މިލަދުން މަޑުލު އުތުރަށް

=ލިޔުނީ، މުޙައްމަދު ޝަމްވީލް، ރިވަރ، ހއ. އިހަވަންދޫ=
ބަރު ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ބާރު ހިނގުމެއްގައި ގޮސް ބަނދަރަށް ނިކުތީމެވެ. ބަނދަރުމަތީގައި ގެ ހުރުމަކީ ކިހައިބޮޑު ނަސީބެއްކަން މިއަދު އަހަރެންނަށް (ހއ އިހަވަންދޫ، ރިވަރ، މުހައްމަދު ޝަމްވީލްއަށް)  ވިސްނުނެވެ. އެ ވިސްނުން ބަދަލުކުރަން ޖެހުނީ ބަނދަރު މައްޗަށް ނަޒަރު ހިންގާލުމުންނެވެ. ބިމުގައި ފިޔަވަޅު ތަތްކުރަމުން މަންޒިލާހަމައަށް އަހަންނަށް ދެވުނު އިރު މަންޒިލުގައި ތިބީ 5 ވަރަކަށް މީހުންނެވެ. ގަޑި ޖެހިގެން އައެއްކަމަކު ބަނދަރަށް އެންމެ ކުރިން ނުކުތް މީހުންގެ ލިސްޓުގައި އަހަރެން ހިމެނޭނެއެވެ. އުފާވެރި ރާގުތަކެއް ހިތުގައި ޖަހައިލިއެއްކަމަކު ފޫހީގެ ރާގުތައް އެ އުފާވެރި ރާގުތަކަށް ގަދަކުރަމުން ދިޔައެވެ. އަދި އެންމެން ހަމަވާނެ އިރެއް ނޭގޭތީއެވެ.

Wednesday, February 14, 2018

ދެމެހެއްޓެނިވި ތަރައްޤީއަށް – ބަހަވީ ސިންދަފާތާއި ގިނަބައްސަކަން

                                                                            -ލިޔުނީ ފަތުޙުﷲ އަޙްމަދު-

އިޖުތިމާއީ ބަދަހިކަމާއި، ފަރުދީ ގުޅުންތަކާއި ކާކުވަންތަކަމުގެ ސިފަތަކުން ޖަރީވެ، އެކަކު އަނެއްކަކަށް މުއާމަލާތްކޮށް، ޢިލްމާއި ހުނަރާއި ފަންނުވެރިކަން އެއް ޖީލުން އަނެއް ޖީލަށް ހަރުދަނާކަންމަތީ ދަމަހައްޓައިދޭ ވާސިތާއަކީ އެބައެއްގެ މެދުގައި މޮށެއުޅޭ ބަސްބަހެވެ. ފަރުދީބަސްބަހާއި ވެހިބަސްބަހެވެ. ވެހިބަސްބަހުން ވަށައިލެވި މަހައިލެވިފައިވާ ސަރަހައްދީ ބަސްބަހާއި ބަހުރުވައެވެ. މި ހުރިހާ މަރުހަލާތަކަކުން އެމުނި، ގެތި، މެހިފައިވާ އެބައެއްގެ މާދަރީބަހެވެ. މާދަރީބަހެއް ފަޅިފަޅިކޮށް ތަހުލީލީ ނަޒަރަކުން ދިރާސާކުރުމުން މި ދެންނެވި ބަހަވީ ޒައްރާތައް ފެނިގެންދާނެއެވެ. އެހެންކަމުން، މާދަރީބަހުގެ ދުވަހެއް ފާހަގަކުރާ ހިނދު މާދަރީބަސްބަހުގައި ހިމެނޭ އެންމެ ކުދިކުދި ބަހަވީ އުންސުރުތަކަށް ސަމާލުކަން ދެވޭ މިންވަރު އިތުރުކުރަން ޖެހެއެވެ. ބަހަވީ އުންސުރުތަކާއި ބަހަވީ ޒައްރާތައް ހިމާޔަތްކޮށް ދަމަހައްޓަން ބާރުއަޅަން ޖެހެއެވެ. އެ ވިސްނުން އިސްކުރާން ޖެހެއެވެ.

Tuesday, February 6, 2018

ވައްތަރަކުން ކިބައެއް

=މަރްޔަމް ސަމްހާ / 12އޭ / މާކޯނި، ހއ. އިހަވަންދޫ=

މިއަދަކީ އަހަރެންގެ ހަޔާތުގައި ވަރަށް މުހިއްމު ދުވަހެކެވެ. އޭ ލެވެލް ނަތީޖާ ލިބުމަށްފަހު ސުކޫލުގެ ފަރާތުން ރަނގަޅު ނަތީޖާ ހޯދި ކުދިންނަށް އިނާމު ދެވޭ ހަފުލާ އޮންނަ ދުވަހެވެ. މިގޮތުން، އަހަންނަކީ ފާއިތުވެދިޔަ އަހަރު ސުކޫލުގެ އޭ ލެވެލް ހެދި ކުދިންގެ ތެރެއިން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރަކީމެވެ. ވުމާއެކު، އަހަރެން މި ދުވަހަށް ކުރަމުން ދިޔައީ ފޮނިފޮނި އިންތިޒާރެކެވެ.

Tuesday, April 11, 2017

ދިވެހިބަސް – ދިވެހި ޤައުމިއްޔަތުގެ ނާރެސް



ފަތުޙުﷲ އަޙްމަދު،
ވީޑިއޯ ބެއްލެވުމަށް:


މާދަރީބަހުގެ ދުވަސް ފާހަގަކުރެވެމުންދަނީ ބަންގާޅުގެ ފަސް ޒުވާނުން އެ ޤައުމުގެ ބަސް ކަމަށްވާ ބަންގުލާ ބަހަށް ޓަކައި ވީ ޤުރުބާނުގެ ހަނދާން އާ ކުރުމާއެކު، ދުނިޔެއިން ނެތުމުންދާ ބަސްބަސް ރައްކާތެރި ކުރުމުގެ މުހިންމުކަމަށް ބަހުގެ އަހުލުވެރީން ހޭލުންތެރިކުރުމަށް ޓަކައިއެވެ.

Wednesday, February 22, 2017

ގިނަބައްސަގެ ފޮނިމީރުކަން، ކުރިއަށް ދިޔުމުގެ ބާރު


ފަތުޙުﷲ އަޙްމަދު (2017)


އިންސާނުންނަށް ލިބިފައިވާ ޤާބލިއްޔަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގިނަބައްސައިގެ އަހުލުވެރިއަކަށް ވުމުގެ ޤާބިލުކަމެވެ. ބަސްވާރު، ކޫކް ހާމަކުރައްވާ ގޮތުގައި ގިނަ ބަސްބަހުން ވާހަކަދައްކަން ފަރިތަވުމަކީ ދެ ފުއްޕާމޭ ލިބުންފަދަކަމެކެވެ. ތަހުޒީބީ މި ޒަމާނުގައި ބަވަނަވަންތަ ކަމުގެ ވެށިތަކަށް ތިމާ ފައްކާވުމަށްޓަކައި، އެއްބައްސައަށް ވުރެ ބޮޑަށް ތިމާއަށް އެނގެން ޖެހެއެވެ. ދެބައްސަ، ނުވަތަ ގިނަބައްސައިގެ އަހުލުވެރިއަކަށް ވާން ޖެހެއެވެ. އޭރުން ތިމާއަކީ، ގިނަ ޤާބިލިއްޔަތު ތަކެއްގެ ވެރިއަކަށް ވާނެއެވެ. އެހެނީ، ބަސްބަހުގައި ހިމެނޭ ގޮތްތައް އެނގުނު މިންވަރަކުން ތިމާގެ ސިކުނޑީގެ ޚަޒާނާ މުއްސަނދިވެ، ބަވަނަވަންތަކަމަށް ލޯ ހުޅުވޭ މިންވަރު އިތުރުވާނެއެވެ. އެއީ، ބަހަވީ ސިންދަފާތުގެ ސަބަބުން ތިމާގެ ފިކުރާއި ޚިޔާލުތައް އެހެން ހަރުފަތަކަށް ގެންގޮސްދޭތީއެވެ. ވީމާ، ވިސްނުމާއި ފިކުރު ތާޒާކުރުމަށާއި، ޢިލްމީ، ފަންނީ، އިޖުތިމާއީ ޒާތީގޮތުން ތިމާ ކުރިއަރަން ބޭނުންނަމަ މިއަދު ތިމާވާންވީ ގިނަބައްސައިގެ އަހުލުވެރިއަކަށެވެ.

Saturday, October 15, 2016

ރައްދު ޖަވާބު ޖޯޑު (Adjacency pairs)


ފަތުޙުﷲ އަޙްމަދު (2009)

ރައްދު ޖަވާބު ޖޯޑަކީ ކޮބާ؟
ރައްދު ޖަވާބު ޖޯޑަކީ ދެކެވޭ ވާހަކައިގައި ބައިވެރިވާ މީހުންގެ ތެރެއިން ދެމީހަކު ބައިވެރިވާ "ޢިބާރާތް ޖޯޑެއް" ކަމަށް ސްޓެފަންސީ ލެވިންސް (2002) ހާމަކުރައްވާފައިވެއެވެ. މިގޮތަށް، ދެމީހެއްގެ ދެމެދުގައި މުޢާމަލާތެއް ކުރާއިރު ބޭނުން ކުރާ ނުވަތަ ކުރެވޭ ވަކިކަހަލަ ބަސް ޖޯޑުތަކެއް ހުރެއެވެ.

އުފެއްދުންތެރިކަމާއި ޞިނާޢީ އިންޤިލާބް

ލިޔުނީ: ފަތުޙުﷲ އަޙްމަދު (2010)

ފެށުން


އިންސާނީ ނަސްލު ދުނިޔޭގައި އާބާދުވީފަހުން މިއަދާހަމައަށް ދުނިޔެއަށް މިވަނީ ބޮޑެެތިބަދަލުތަކެއް އައިސްފައެވެ. އުފެއްދުންތެރިކަމާއި މާއްދީ ގޮތުންނާއި ފަލްސަފީ ގޮތުންވެސް އިންސާނުން މިވަނީ އެތަކެއް ކަންތައްތަކެއް ތަޖްރިބާކޮށްފައެވެ. އިންސާނީ ނަސްލަށް އަދާހަމައަށް ވާޞިލުވެވުނުއިރު، ދުނިޔެ މިވަނީ އެތައްކެއް ބަދަލުތަކަކާއި އިންޤިލާބީ ހަރުފަތްތަކެއް ކަޑައްތުކޮށްފައެވެ. މިގޮތުން، އެންމެ ފާހަގަކޮށްލެވެނީ ފަހުގެ ތާރީޚްގައި ދުނިޔެއަށް އައި އެންމެ ބޮޑު އިންޤިލާބީ ބަދަލު ކަމަށްވާ ޞިނާޢީ އިންޤިލާބެވެ. މިކަމުގެ ސަބަބުން މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ފަންނު ތަރައްޤީވެ މިއަދު މިދެކޭ އުފެއްދުންތެރި 'ދުނިޔެ' ތަޖްރިބާ ކުރުމުގެ ފުރުޞަތު ހޯދައިގަތެވެ. މިގޮތުން، އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ޞިނާއަތު ހަރުދަނާވެ، މަސައްކަތްކުރުމުގެ ވައްޓަފާޅި ބަދަލުވެ، މިޒަމާނުގެ ޓެކޮނޮލޮޖީ ތަޢާރަފްވުމަށް މަގުފަހިކުރުވި އިންޤިލާބަކަށް ޞިނާޢީ އިންޤިލާބު ވެގެންދިޔައެވެ. އެހެންކަމުން، މި ކަރުދާހުގައި ބަލާލެވިފައިވާނީ އުފެއްދުންތެރިކަމާއި ޞިނާޢީ އިންޤިލާބަށެވެ.