=މަރްޔަމް
ސަމްހާ / 12އޭ / މާކޯނި، ހއ. އިހަވަންދޫ=
މިއަދަކީ އަހަރެންގެ ހަޔާތުގައި ވަރަށް މުހިއްމު ދުވަހެކެވެ. އޭ ލެވެލް
ނަތީޖާ ލިބުމަށްފަހު ސުކޫލުގެ ފަރާތުން ރަނގަޅު ނަތީޖާ ހޯދި ކުދިންނަށް އިނާމު
ދެވޭ ހަފުލާ އޮންނަ ދުވަހެވެ. މިގޮތުން، އަހަންނަކީ ފާއިތުވެދިޔަ އަހަރު ސުކޫލުގެ
އޭ ލެވެލް ހެދި ކުދިންގެ ތެރެއިން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރަކީމެވެ.
ވުމާއެކު، އަހަރެން މި ދުވަހަށް ކުރަމުން ދިޔައީ ފޮނިފޮނި އިންތިޒާރެކެވެ.
ހަފުލާ އޮތީ ރޭނގަޑު 8 ޖަހާއިރުއެވެ. މިހާރު މެންދުރުން އަނބުރާ 2 ޖެހީއެވެ.
އަހަރެން އުޅުނީ މަންމަ ފަހައިގެން ގެނަ
ހެދުމާއި ޝޯލްގައި ފަރުމާކުރާށެވެ. ހެދުން ފުރިހަމަ ކުރުމަށް ބޭނުންވެފައިވާލެއް
ބޮޑުކަމުންނެވެ. އަހަންނަކީ އަހަރެންގެ އުމުރުފުރާ އަންހެން ކުދިންގެ ތެރެއިން
ރީތިކަމަށް ސަމާލުކަންދޭ ކުދިންގެ ތެރެއިން އެކަކީމެވެ.
އަހަންނަކީ ފައިގެ ތަނބިކަށްޓާ ހަމައަށް އަންނަ ދިގު ހެދުން ލާ މީހެއްނޫން
ކަމުން، މަންމަ ފަހައިދީފައި ވަނީ ކަކުލާހަމައަށް އަންނަ ރަތްކުލައިގެ
ލޭސްހެދުމަކާއި ރެޑީމޭޑް ހަރުވާޅެކެވެ. އަހަރެން ބޭނުންވާ މިންވަރަށް ހެދުމުގައި
މާ ހަރުކޮށް ނިމުނު އިރު، އިރުއޮއްސި 6 ޖަހައިފިއެވެ. ހެދުންނަގާ އަހަރެންގެ
ގައިގާ ޖައްސާލީމެވެ. ދެފަރާތަށް ފަރިބަލައިލަމުން އަރިވެ ހުއްޓިލެވުނެވެ.
ހިތްހަމަ ޖެހޭވަރުވީތީ ހިނިތުންވެލެވެނެވެ.
އެއްގަޑިއިރު ކުރިން ފެންވަރާ ރީތިވުމަށް ބޭނުންވި ނަމަވެސް އެކަން ކުރެވޭގޮތެއް
ނުވިއެވެ. ސަބަބަކީ އަހަރެންގެ "އޭނާ" ގުޅަންފެށުމުންނެވެ. ފޯނު ކޮށް
ނިމުނުއިރު ހުރީ 7:30 ވެފައެވެ. އަވަސްއަވަހަށް ފެންވަރާ ރީތިވެގެން އަތުގައި
ގަހަނާ އަޅަމުން އަހަރެންގެ ފައިވާން ގެނެސްދިނުމަށް މަންމައަށް ގޮވީމެވެ. މިރޭގެ
ހެދުމާ ގުޅޭ ފައިވާނެއް ނެތްކަން ހަނދާންވީ އަހަރެން އަރަން ގެންގުޅޭ ފިޔާތޮށި
ކުލައިގެ ބޫޓު މަންމަ ގެނައުމުން، އޭގެ އެއްކިބައަށް އެރުމުންނެވެ. ވަގުތުން، މޫނުމައްޗަށް
ފޫހިކަން ވެރިވިއެވެ. އުއްމީދާއެކު ދެކެމުން އައި ހުވަފެންތަކުގެ އުދަރެހުން
ބަނަވިލާތައް ބޯދިއްކޮށްލިފަދައެވެ. ވުމާއެކު ގޭކައއިރީ ހުރި ފައިވާން ވިއްކާ
ފިހާރައަކަށް ފައިވާނެއް ގަތުމަށް މަންމަ ފޮނުވީމެވެ. މަންމަ ގަނެގެން ގެނައީ
ރަތްކުލައިގެ ފައިގާ އަޅުވާ ފައިވާނެކެވެ. އަވަސްއަވަހަށް ފައިވާނަށް އެރުމަށްފަހު
ޖަލްސާއަށް ދާން ނުކުތްއިރު 8 ޖަހަން ހުރީ އެންމެ 3 މިނެޓެވެ.
ޖަލްސާ ފެށިއްޖެއެވެ. އަހަންނަށް އިނދެވެނީކީ ނޫނެވެ. އަހަރެންގެ ނަން
އިޢުލާނު ނުކޮށްގެން ކުދިކިޔެންފެށުނެވެ. ކިތައްމެ ފުރިހަމަ ނަންބަރެއް ނިމިގެން
ދިޔަނަމަވެސް އަހަންނަށް އެ ވަނީ ބޮޑު ފޫހިގަނޑަކަށެވެ. އޯޑިއަންސަށް އުފާވެރިކަން
ގެނުވައިދިން ތިން އައިޓަމް އަހަންނަށްވީ ފޫހިކަމުގެ ފައްވާރާއަކަށެވެ.
އެންމެފަހުން، އިންތިޒާރުގެ ގިޓާގެ ނަރުގައި ކޮށްޓައިލިއެވެ. ސްކޫލުގެ އެންމެ މަތީ
ޝަރަފުވެރި ވަނަތަކުގެ ނަން އިޢުލާންކުރަން ތައްޔާރުވިއެވެ. ދިގު ސެހެރީއަކާއެކު
އަހަރެންގެ ކާމިޔާބީގެ ވަނަތައް އޮހެމުން ދިޔައެވެ. އެންމެ ފަހުން އަހަރެންގެ ނަން
އިޢުލާން ކުރިއެވެ. އަހަންނަށް އިނދެވުނީ ތެދުވަންވީކަން ހަނދާން ނެތިފައެވެ.
ވީއުފަލެއްގެ ބޮޑުކަމުންނެވެ. ގާތުގައި އިނީ މަންމައެވެ. އަހަރެންގެ އަތުގައި
ކޮށްޓައިލިއެވެ. އަހަންނަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. ދާންވީގޭ އަހައިފަދަ
ގޮތަކަށެވެ. މަންމަ ބޯޖަހައިލިއެވެ. ދެފައި އޮޅެމުން ކަހަލަ ގޮތަކަށް ގޮސް
އަހަރެން ސްޓޭޖަށް އެރީމެވެ. ވަށްކަޅިއަކުން އޯޑިއަންސަށް ބަލައިލުމުން، އެންމެން
ފާޑަކަށް ހޭތަން އަހަންނަށް ފެނުނެވެ. އަހަރެންނާ ދިމާ ބަލައިކަން ވެސް
ފާހަގަކުރެވުނެވެ. އަހަރެން ގޮނޑީގައި އިށީނުމަށްފަހު ގާތުގައި އިން މަންމަގާތު
ކީއްވީތޯ އެހީމެވެ. މަންމަ ވެސް ހިނިއައިސް އަހަންނާ ދިމާއަށް ބަލައިލިއެވެ. އަދި
އިޝާރަތްކޮށްލީ އަހަރެންގެ ފަޔަށެވެ. އަހަންނަށް ބަލައިލެވުނެވެ. އެއާއެކު
އަހަންނަށް ވެސް ހެވުނެވެ. އެއަށްވުރެން ވެސް ލަދުގަތެވެ. އަހަންނަށް އެރިފައި
ހުރީ ފިޔާތޮށި ކުލައިގެ ބޫޓުގެ އެއްކިބައަށާއި މަންމަ ގަނެގެން ގެނައި ފައިވާނުގެ
އެއްކިބައަށެވެ. އާއެކެވެ. ވައްތަރަކުން ކިބައަކަށެވެ.
No comments:
Post a Comment