އަބުދުލްޣަނީ ޙުސައިން/
ހާޝިމީމަންޒިލް ހއ. އިހަވަންދޫ
ނެގީ: އަބުދުލްޣަނީ ޙުސައިން. (ނޮވެމްބަރު 10، 1986). އުތުރު އޮއިވަރު 1.
ވޮލިޔުމް (1) ނަންބަރު (1). ޞ. 43 ން 47 އަށް.
އެކެއް
އަނެއްކެއްގެ ކިބައިން އައިސްފައިވާ މި މަޢުލޫމާތު ކޮޅުގެ މައްޗަށް ބަލާއިރު،
އަދިވެސް "ކައްޕީނި ތަކުރުފާނަކީ" ކޮން ރަށެއްގެ ބޭކަލެއް ކަމެއް ނުވަތަ
އެއީ ކޮން ޢާލަމަކުން އައިސްހުރި ކާކުކަމެއް ނޭނގެއެވެ.
އާދެ،
އެއްވެސް ޝައްކެއްނެތި އެނގޭކަމަކީ ކައްޕީނި ތަކުރުފާނަކީ އިހަވަންދޫ ބޮޑުންގެ
މަތިކޮޅުގެ ފެށުމެވެ. އެ ތަކުރުފާނާ މެދު އެނގޭހާވެސް މަޢުލޫމާތަކީ އެއީ
އެދުވަސްވަރު ރާއްޖޭގައި ހުރި ހިތްވަރުގަދަ ދިވެހި ދަރިއެއްކަމެވެ.