`
މާލެ،
ދިވެހިރާއްޖެ
މި ގަވާއިދާމެދު...
ލަފުޒު ވަކިކޮށް ލިޔުމުގެ ރަސްމީ ގަވާއިދެއް ވުޖޫދުވީއެވެ. މިކަމަށް ޓަކައި
އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި
ޝުކުރުކުރަމެވެ. ލަފުޒު ވަކިކުރުމުގެ މައްޗަށް އުޞޫލެއް އެންމެ ފުރަތަމަ ހެއްދެވީ
1 އެޕްރީލް 1986 ވަނަ އަހަރު، ދިވެހިބަހާއި ތާރީޚށް ޚިދުމަތްކުރާ ޤައުމީ
މަރުކަޒުންނެވެ. އެއީ "ބަސްބަސް ވަކިކޮށް ލިޔުން" މި ނަމުގައި އެ
މަރުކަޒުގެ ބަސް ކޮމިޓީން ނިންމެވި ނިންމެވުމެކެވެ. އެ އުޞޫލު ވަނީ ޢާއްމުކޮށް
އިޢުލާންކުރައްވައިފައެވެ. އޭގެ ފަހުން 24 އޮގަސްޓް 2005 ވަނަ އަހަރުގައި އެ
އުޞޫލު އިޞްލާޙުކުރެއްވުމުގެ މަސައްކަތްތަކެއް ވެސް ވަނީ އެ މަރުކަޒުން
ކުރައްވައިފައެވެ.