Tuesday, March 26, 2013

ސަންތި މަރީ


ބަނދި
ފަތުޙުﷲ އަޙްމަދު/ހއ. އިހަވަންދޫ


މާފުށްކާ ދަތްހަޑިކޮށް            މިތުރު ދެބެން ހިނގައްޖެޔޯ

ޖޯލިފަތިން ކޯލިމަގުން            ކަޅިއުކަމުން އެބަގެންދޭ

 

މެންދުރު އަނބުރާ އަޞްރަށް       އިރުފުހުމުން ގޮތް ހުސްވީ

މިތުރު ކަލޯ ވަރުބަލިވީ           ދެވެރިންވެސް ގޮތް ހުސްވީ

 

އިރު އޮއްސެން ކައިރިވުމުން       މޮޅިވެ އެކަކު ގެއަށް ދިޔާ

މިތުރު މަޑުން ހަމަޖެހިލާ         ހޮޅުއަށި ހުރަހުން މެދު ދެމިލީ

 

ވަރުބަލިކަން ވެރިވި ގޮތުން        ނިދިބަރުވެވި ލޯމެރުނީ

ގުގުރި ދަމާ އަޑުލައްވާ          އެސޮރު ނިދީ ކުޅުބޭލީ

 

ވިދުވަރަކުން ރޮނގު އެޅެމުން      ހޮޅުއަށި ދިއްލެން ފެށުނޭ

އަންހެނެކޭ   ކޯޓް ހުދޭ         ޑޮކްޓަރެކޭ ފާޅު އެވީ

                    

މިތުރުކަލޯ ދަތްބަލަމުން          ކުދިކިޔަމުން އެބަ ބަލަޔޯ

"މިހިރީ ކަންހުރިގޮތް           ތަހުޒީބެއް ނުވެވުނުތާ

 

ރާއްޖެ ދަނީ ބަދަލުވަމުން        މިވެރިންތާ ބަދަލު ނުވީ"

މިތުރު ސޮރަށް ހޭލެވުމުން        ހައިރާންވެވި އަނގަހުޅުވީ

 

"މަންޖެ ތިއީ ކޮންކުއްޖެއް       ކީއްވެފަހޭ ތިޔަ ބަލަނީ"

"އަހަރެންމީ މޭރީ އޭ           ސަންތީއޭވެސް ކިޔައޭ"

 

 

ދަތް އުފުރާ ސާފުކުރުން        މަސައްކަތަކީ އަހަރެން މިކުރާ"

"ހޭވައްލާ ތައްޔަރޭ            މަޑުންކަލޯ އޮންނާށޭ"

 

ސަންތިމަރީ އަވަސްމަގުނ       ދަތްއުފުރަން ފެއްޓީތާ

މިތުރު ކަލޯ ކުކުރާލީ          ދަތްއުފުރަން ފެއްޓީތާ

 

ސަންތިމަރީ އަވަސްކުރޭ        ކެތްތެރިކަން ކޮޅުންލަނީ

ރަނުން ވިދާ އޮފުއަރުވާ        ދަތްޕިލައެއް އަޅުވައިދީ

 

ސަންތިބުނީ ބިލް ދައްކަން      ދަތްއުފުރާ ނިމުނުތަނުން

"ތިންހާސް ރުފިޔާ ދެދަތަށް     ހިސާބުހަދާ ނިންމާށޭ"

 

ހަ ޕަސަންޓުގެ ޖީ އެސް ޓީ     ސަރުކާރަށް ދައްކާށޭ"

މިތުރުކަލޯ އަނގަހުޅުވާ         ހައިރާންކަން ފާޅުކުރީ

 

"ލާރިގެނޭ އަވަސްކުރޭ        ވަގުތެއްނެތް އަހަރެންނަށް

ޕޭޝަންޓުން އެބަތިއްބޭ        އަވަސްމަގުން ބިލްދައްކާ"

 

"އަހަރެންމީ ފަޤީރެކޭ         ޖީބުއޮތީ ހުސްވެފަޔޭ"

"ކަލޯމެނަށް ހީވޭހޭ           ހިލޭކަމެއް ވާނޭހޭ

 

ޒަމާން އޮތީ ބަދަލުވެފާ        އަހަރެންވެސް ބަދަލު މިވީ

ބާރުއަޑެއް ވެރިކުރުވާ         ސަންތިމަރީ ގެއްލިއްޖޭ

މިތުރުކަލޯ ސިހުންވެފާ        ކުއްލިއަކަށް ހޭލެވުނޭ

 
*** ***

No comments:

Post a Comment