މިއީ، 2011 ވަނަ އަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުން 2 ވަނަ އަށް އައިސްފައިވާ މަޒުމޫނެކެވެ.
ފަތުޙުﷲ އަޙްމަދު ރަޝީދު/ މޫރިތިގެ،
ހއ. އިހަވަންދޫ
ދިވެހިން ދިވެހިންގެ ގޮތުގައި
ފާހަގަ ކުރުމަށް
ބާރުވެރިވަނީ ދިވެހިން
ވާހަކަދައްކާ ދިވެހިބަހެވެ. މިގޮތުން، ދިވެހިފަސްގަނޑުގައި ދިވެހިން ވަޒަންވެރިވީއްސުރެ މިއަދާހަމައަށް
ވާހަކަދެއްކުމަށް ބޭނުންކުރަމުން
އައީ ދިވެހިބަހެވެ. ނަމަވެސް، އެކި
ދުވަސްވަރު އެކިގޮތަށެވެ. އެކި ފާޑުފާޑަށެވެ. އެކި އުޞޫލުތަކަށެވެ. މި އުޞޫލުތަކާއި ގޮތްތައް
ބަދަލުވެ އެކި
މުޖުތަމަޢުތަކުގައި ތަފާތު ގޮތް
ގޮތަށް ވާހަކަދެއްކުން
ބިނާކުރުމަށް އެއްވެސް
މީހަކު ބާރެއްނާޅަ އެވެ. މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް، މިގޮތްގޮތަށް
ބަސްހޭނި ބަދަލުވަމުން
ދިޔައީ ބަސްބޭނުން
ކުރުމަށް ދަތުރުކުރަމުން
އައި މަރުޙަލާތަކާއި
އުޞޫލުތަކަށް ބަހުގެ
އަމިއްލަ ޒާތުގައި
އައި ބަދަލުތަކެއްގެ
ސަބަބުންނެވެ. ބަހުގެ ޠަބީއަތައް
އައި ބަދަލުތަކަކުންނެވެ. މިއަދު ދިވެހިން
ވާހަކަދެއްކުމަށް ބޭނުންކުރާ
ދިވެހިބަހަށް ބަދަލު
ނާންނަނީ ތަބިޢީގޮތުން
އަންނަ ބަދަލުތައް
މަދުވުމުންނެވެ. މިގޮތުން، ބަހުގެ
އަޑުގެ ނިޒާމަށާއި ލަފުޒުތަކުން
ދޭހަވާ މާނަތަކަށާއި
ލަފުޒު އުފެދުން
(ބަސްވިހުން) ޙާލަތާއި
ދަނޑިވަޅުގައި ބަސްބޭނުން
ކުރުމުން ނިކުންނަ
މާނައާއި ޖުމުލައިގައި
ލަފުޒު އެތުރޭ
ގޮތުން ނެރެވޭ
މާނަތަކާއި ބަސް
ބޭނުންކޮށްގެން މުއާމަލާތާއި
މުވާސަލާތު ކުރުން
މަދުވުމާއި ބަހުގެ
ޢިލްމީ ޚަޒާނާ
ފުޅާނުވުމުގެ ސަބަބުން
ޠަބީޢީގޮތުން ބަހަށް
ކުރިއަރައިގެން ނުދެ އެވެ. މި މަޒުމޫނުގައި
ބަލައިލާނީ ބަހަވީ
ސައިންސް ނުވަތަ ބަހަވީ
ޢިލްމުގައި ހިމެނޭ
ބައިތަކުން ބަހަށް
ޠަބީޢީ ބަދަލު
ނާންނަ ސަބަބުތަކާއި
ބަހުގެ ޢިލްމީ
ޚަޒާނާ ކުރިނޭރުމުގެ
ސަބަބުންނާއި ބަސްބޭނުން
ކުރުން މަދުވުމުގެ
ސަބަބުން ބަހަށް
ޠަބީޢީ ބަދަލު
ނާންނަ ސަބަބުތަކަށެވެ.
އިންސާނާ ވާހަކަދައްކާ
ބަސްތައް ދިރާސާ
ކުރާ ޢިލްމަކީ
ބަހަވީ ޢިލްމެވެ. ނުވަތަ ބަހަވީ
ސައިންސެވެ. ބަހަވީ ޢިލްމުގައި
މައިގަނޑު ގޮތެއްގައި
ބަލާނީ ބަހުގެ
އަޑުގެ ނިޒާމު (ފޮނޯލޮޖީ)، ވަކިވަކި ލަފުޒުތަކުން
މާނަ ދޭހަކުރުން(ސެމޭންޓިކްސް)، އައު
ލަފުޒު އުފެއްދުން
(މޯފޮލޮޖީ)، ޖުމްލަގައި ލަފުޒު
އެތުރި ތަރުތީބު
ވާގޮތް (ސިންޓެކުސް)
އަދި ހާލަތާ ގުޅޭގޮތުން
މާނަކުރާ ކުރުންތައް
(ޕުރެގުމެޓިކްސް) ކަމަށް ޑޭވިޑް ކުރިސްޓަލް (1987) ހާމަކުރައްވަ އެވެ. ދިވެހި ބަސް
ކުރި ނާރަނީ ކީއްވެތޯ
ބަލާއިރު، އިސްވެ
ބަޔާންކުރެވުނު ބަހަވީ
ޢިލްމުގެ ގޮފިތައް
ކުރިއަރާތޯ ނުވަތަ
އެ ގޮފިތަކުގެ
އަލީގައި ބަހުގެ
ޠަބީޢަތަށް އަންނަ
ބަދަލުތައް އަންނަނީ
ހަނިކޮށް ނުވަތަ
ފުޅާކޮށްތޯ ބަލައިލަންޖެހެ އެވެ.
ދިވެހި ބަހަކީ
އަމިއްލަ އަޑު
މަޚްރަޖުތަކެއް ލިބިފަވާ
ބަހެކެވެ. ދިވެހީންގެ އަޑުމަޚްރަޖުގައި ޖުމްލަ 40
ސުކުންއަޑު (ކޮންސަނަންޓް) އާއި
26 ލީނުއަޑު (ވަވަލެސް) ހިމެނޭ
ކަމަށް ހުސައިން
ރަޝީދު އަޙްމަދު
(1995) ހާމަކުރައްވަ
އެވެ. ބަސްބޭނުން ކުރުމަށް
ކަޑައްތު ކުރަމުންދާ
މަރުޙަލާތަކުގައި މި
އަޑުތަކަށް އަންނަނީ
ވަރަށް ހަނި
ބަދަލުތަކެކެވެ. މި
އަޑުތަކަށް އިތުރު ކުރިއެރުންތައް
އަންނަމުންދާކަން ފާހަގައެއް
ނުކުރެވެ އެވެ. މިގޮތުން،
ދިވެހިބަހުގައި ހިމެނޭ
އަޑު ތަކުގެ
ތެރެއިން އެންމެ
މަދު އަޑުތަކަށް
ރިޢާޔަތްކޮށް އެފަދަ އަޑުތައް ބޭނުންކުރެވޭ ޢަދަދު އިތުރެއް ނުވެ އެވެ. މިސާލަކަށް ދިވެހިބަހަށް
އިނގިރޭސިބަހުން ގެނެސްފައިވާ 'ޜ' /Z/ ގެ
އަޑާއި ލީނު
އަޑެއްގެ ގޮތުގައި
ބޭނުންކުރާ /9/ އަޑުތައް
ފަދަ އަޑުތައް
ފާހަގަކޮށްލެވެ
އެވެ. މިފަދަ އަޑުތައް
ދަނީ އުވެމުން
ނެތެމުންނެވެ. ސަބަބަކީ ބަސް
ބޭނުންކުރާ ފަރާތްތައް
ބޭއިޚުތިޔާރުގައި ލަފުޒުތައް
ކިޔުމުގައި މި އަޑުތައް
ދޫކޮށްލާތީ އެވެ. މިއީ،
ބަހުގެ ޠަބީޢަތުގައި
ހުރި ކަންތައްތަކެއްގެ ސަބަބުން ވާކަމަކަށް
ވުން އެކަށީގެންވެ އެވެ. ހަމަ
މިއާއެކު، ދިވެހިބަހުގައި ހިމެނޭ އަޑުތައް ފާޅުކުރާގޮތާއި ލިޔުމުގައި އޮންނަ ގޮތަށް ޠަބިޢީ
ބަދަލުތަކެއް އަންނަކަމަށް ފާހަގައެއް ނުކުރެވެ އެވެ. އިނގިރޭސިބަހަށް ބަލާއިރު ލިޔުމާއި ކިޔުމުގައި ޠަބިއީ ބަދަލުތަކެއް
އައިސްފައިވާކަމަށް
ކުރެވިފައިވާ ދިރާސާތަކުން
ހާމަވެ އެވެ. މިގޮތުން، އިހުގައި ‘bride’ އަދި ‘hrose’ ގެ ގޮތުގައި
ބޭނުންކުރި ލަފުޒުތައް މިހާރު ބޭނުންކުރަނީ ‘bird’
އަދި ‘horse’ މި
ގޮތަށެވެ. މި
ބަދަލު އެ
ބަހުގެ ކިޔުމާއި
ލިޔުމުން ފާހަގަވެ އެވެ. މިގޮތަށް އަންނަ
ބަދަލުތައް އަންނަނީ
ބަސް ބޭނުންކުރުމަށް
ކުރާ ދަތުރުގައި
ބަސް ބޭނުންކުރެވޭ
މިންވަރު އިތުރުވެ
ބަހުގެ ފާޅުކުރުންތައް
ގިނަވުމުގެ ސަބަބުން
ކަމަށް ވިކްޓޯރިއާ ފޮރޮމްކިން، ޑޭވިޑް ބުލެއަރ އަދި
ޕީޓަރ ކޮލިންސް (1999) ހާމަކުރައްވަ އެވެ. ނަމަވެސް، ދިވެހިބަހުގެ އަޑު
މަޚުރަޖުތައް ބަދަލުވުން
ނުވަތަ ފޮނޮލޮޖިކަލް
ބަދަލު ނާންނަނީ
ބަހުގެ ޠަބީޢަތަށް
އަންނަ ބަދަލުތައް
މަދު ކަމުގެ
ސަބަބުންނެވެ. ހަނިވުމުގެ ސަބަބުންނެވެ.
ބަސް ތަރައްޤީވެ
ކުރިއަރައި ދިއުމަށްޓަކައި
ބަހުގައި ހިމެނޭ
ބަސްކޮށާރު މުއްސަނދިކުރުމަކީ ވަރަށް މުހިންމު
ކަމެކެވެ. ބަސްކޮށާރަށް ލަފުޒު
އިތުރުކުރެވޭނީ ބަހުގައިވާ
އުސޫލުތަކާއި ހަމަތަކަށް
ރިޢާޔަތްކޮށްގެންނެވެ. ބަހުގެ އަހުލުވެރިންގެ
ވާހަކަތައް ދިރާސާކޮށްގެންނެވެ. ދިވެހިބަހުން ވާހަކަދެއްކުމާއި ލިޔުމުގައި ބޭނުންކުރެވެމުންދަނީ ގާތްގަނޑަކަށް އެއް
ލަފުޒުތަކެކެވެ. އައު ލަފުޒުތައް
ބޭނުންކުރުމަށް ބޭނުންވާ
ޙާލަތްތައް އިތުރުވެފައިވާކަމަށް ނުފެނެ
އެވެ. އައު ލަފުޒަކަށް
ބޭނުންވެއްޖެ ޙާލަތެއްގައި
އެފަދަ ލަފުޒެއް
ބަހުގެ ހަމަތާއި
އުޞޫލުތަކަށް ފެތޭގޮތަށް
އުފައްދައިފިނަމަ ބޭނުންކުރާ
މިންވަރު އިތުރުވެ އެވެ. 'ފަތުރުވެރިކަން'،
'ދަސްވެނިވުން' އަދި
'ގެވެށި އަނިޔާ' ފަދަ
ލަފުޒުތަކަކީ މިކަމަށް
ބާރުލިބޭ ހެކިތަކެވެ. މީގެއިތުރުން،
ދިވެހިން ސިޔާސީ
ކަންކަމަށް ލޯހުޅުވިގެން
ދިޔުމާއެކު ސިޔާސީ
ބޭނުންތަކަށް ބޭނުންކުރަން
ފެށި ލަފުޒުތައް
ކަމަށްވާ 'އިއްތިޙާދު'، 'މަޖިލިސް ތަޅުން'، 'އުތުރު އަރުމާދު'، 'ހަރުގެ'، ފަދަ
ލަފުޒުތަކަކީ ދިވެހިބަހުގައި
ހުރި ލަފުޒުތަކެވެ. ތަފާތަކީ ލަފުޒުތައް
ބޭނުންކުރަން ލިބުނު
ފުރުޞަތު އިތުރުވުމެވެ. އެހެންކަމުން، ބަހުގައި
ހިމެނޭ ލަޒުފުތަކަށާއި
ބަހުގައި ނެތް
ލަފުޒުތަކަށް ބަހަށް
ވަނުމުގެ ފުރުޞަތު
ލިއްބައިދިނުމުގައި ބަސް
ބޭނުންކުރުމަށްޓަކައި ބަސް
ބޭނުންކުރާނޭ ގިނަ
ޠަބަޢީ ވެށިތަކަކަށް
ބޭނުންވެ އެވެ.
ބަހުގައި ހިމެނޭ
ލަފުޒުތަކުން ދޭހަވާ
މާނަތައް ފުޅާވެ
ހަނިވެ މާނަތައް
ހުތުރުވެ ރީތިވުމުގައި
ބަސް ބޭނުންކުރާ
ޙާލަތާއި ބަސް
ބޭނުންކުރާ ވެށީގެ
ދައުރު ޝާމިލުވާކަމަށް ބްލޭންކް އެންޑްރާސް
(1999) ހާމަކުރައްވަ
އެވެ. މިއީ ގަސްތުގައި ގެންނަ
ބަދަލުތަކަކަށް ނުވާއިރު
މި ބަދަލުތައް
އަންނަނީ ބަހުގައި
ހިމެނޭ ޠަބަޢީ
އުސޫލުތަކުންނެވެ. އިނގިރޭސިބަހަށް ބަލާއިރު، އިހުގައި ދެ
ޖިންސަށް ރިޢާޔަތްކޮށް
ފުޅާމާނައެއްގެ ގޮތުގައި
އޮތް ‘GIRL’ މިއަދު މިވަނީ ހަނިމާނައަކަށް
ބަދަލުވެ ހަމައެކަނި
އަންހެން ޖިންސަށް
ނިސްބަތްކުރެވޭ ލަފުޒަކަށް
ވެފަ އެވެ. ހަމަ މި
އުޞޫލުން އިހުގައި
ރީތި މާނައެއްކަމަށް
ޤަބޫލުކުރި ލަފުޒެއް
ކަމަށްވާ ‘Foolish’ މިއަދު މިވަނީ އެ
ލަފުޒެއް ބުނުމުން
ހިތްނުތަނަވަސް ވާފަދަ
ލަފުޒަކަށް ބަދަލުވެފަ އެވެ. އިނގިރޭސިބަހުގައި މިފަދަ
އެތައް ލަފުޒެއް
ހުރިކަމަށް ބްލޭންކް އެންޑްރާސް (1999) ހާމަކުރައްވަ އެވެ. ދިވެހިބަހަށް ބަލާއިރު
މިފަދަ އުޞޫލަކުން
މާނައަށް ބަދަލު
އައިސްފައިވާކަމަށް ފަހަގަވަނީ
މަދު ލަފުޒުތަކެކެވެ. ދިވެހި ބަހުގެ
މިސާލަކަށް ބަލާއިރު "ރުނޑީން" މިއީ ގަވާއިދާއި
ހަމަތަކަށް ލ.
އިސްދޫ ލޯމާފާނުގައި
ބޭނުންކޮށްފައިވާ ލަފުޒެކެވެ. ނަމަވެސް،
މިއަދު މި
ލަފުޒުގެ މާނަ
މިވަނީ ހުތުރުވެ
ބޭނުންކުރުމަށް ލަދުވެތިވާ
ވަރުވެފަ އެވެ. ހަމައެހެންމެ،
އިހުގައި ކަމެއް
މައިތިރިކުރުމަށް ބޭނުންކުރި 'އޮބިއެޅުން' މިއަދު މިވަނީ 'އޮބި' އަށް ބަދަލުވެފަ އެވެ. އިނގިރޭސިބަހުން ކިޔާ
‘Extreme’ ގެ ދިވެހި
މާނައަށް ބަދަލުވެފަ އެވެ. މި
ބަދަލުތަކަކީ މީހަކު ގަސްތުގައި ގެންނަ
ބަދަލުތަކެއް ނޫނެވެ. މިއީ ޠަބަޢީ
ގޮތުން އަންނަ
ބަދަލުތަކެކެވެ. ނަމަވެސް، ދިވެހިބަހުގައި
ބަހަށް ލިބިފައިވަނީ
މިފަދަ ހަނިފުރުޞަތު
ތަކެކެވެ.
ބަހުގައި ލަފުޒު
އެތުރޭ އުޞޫލުތައް
ގިނަވެ ފުޅާވުމަށް
ބަހުގެ ޠަބީޢަތުން
ފުރުޞަތު ލިބުމުގައި
ބަސްކުރި އެރުވުމަށް
ޖާގަލިބޭނެ ކަމެކެވެ. މިއީ ބަހުން
ޢިބާރާތް ކުރުމުގައި
ހުންނަ ކޮރުގޮތްތައް
އިސްލާހުވެ ބަހުގެ
އޮނިގަނޑަށް ފުރިހަމަކަމާއި
ތާޒާކަން ލިބޭނެ
ކަމެއް ކަމަށް
ޖޯޖް ޔޫލް (2000) ޚިޔާލުފާޅު ކުރައްވަ
އެވެ. ދިވެހި ބަހަށް ބަލާއިރު
ދިވެހިބަހުގައި ލަފުޒުތައް
އެތުރޭ ތަފާތު
އުޞޫލުތަކެއް ހުރެ އެވެ. އެންމެ އާންމު
އުޞޫލަކީ ކަންކުރާ
(S) ރައްދުވާ (O) އަދި ކަން (V) ނުވަތަ V.O.S ތަރުތީބެވެ. މިސާލު
އަލީ(S) އަޙްމަދަށް
(O) ލަނޑުދިނެވެ(V). މީގެއިތުރުން،
O.V.S އުޞޫލުންނާއިO.S ، .V.S އުސޫލަށް ފެތޭ ގޮތަށް
ލަފުޒުތައް އަތުރައިލެވެ އެވެ.
މިސާލު: (1) ކާރު (S) ދުއްވަނީ (V)
އަލީއެވެ. (O)
(2) ހަޑިވީ(O)
އަލީއެވެ. (S)
(3) އަލީ(S) ކުޅުނެވެ.(O)
ދިވެހިބަހުގައި ހިމެނޭ މިފަދަ އުސޫލުތަކުގެ
އިތުރުން، އިތުރު
ހަމަތަކާއި އުސޫލުތައް
ބަހުގެ ލަފުޒު
އެތުރުމުގެ އޮނިގަނޑަށް
އަންނަ ނަމަ
ބަސް ކުރިއަރާނެ އެވެ. އެހެނީ އިސްވެ
ބަޔާންކުރެވުނު އުޞޫލުތަކަކީ
އެ އުޞޫލުތަކަށް
ބަސް ފެއްތުމުގެ
ނިޔަތުގައި ހަދައިފައިވާ އުސޫލުތަކެއް ނޫނެވެ. އެއީ ޠަބިޢީގޮތުން
ބަހަށް ލިބިފައިވާ
ކަންކަމެވެ. ނަމަވެސް، މިހާރު
ދިވެހިބަހަށް ހުރި މިފަދަ
ފުރުޞަތުތައް އިހުނަށްވުރެ މަދީ އެވެ.
ބަހުގައި ހިމެނޭ
ލަފުޒުތައް ގުޅިގެން
އުފެދޭ ޖުމްލަތަކުން
ވަގުތާއި ޙާލަތަށް
ރިޢާޔަތް ކުރުމުން
ދޭހަވާ މާނަތައް
ތަފާތު ގޮތްގޮތަށް
ތަފާތު އުޞޫލުތަކުން
ލިބިވުމަކީ ބަސް
ކުރިއެރުއުމަށް ހުރި
ފުރުޞަތު ފުޅައުވާނެ
ކަމެކެވެ. ހަމަމިއާއެކު ލަފުޒުގެ
ގޮތުން ކުޑަނަމަވެސް
ދިގު ޖުމުލަތަކާއި
ޕެރެގުރާފްތަކުން ދޭހަވާފަދަ
ފުޅާ މާނަތައް
ދޭހަވާ އިޝާރާތުގެ
ލަފުޒުތައް
ނުވަތަ "އިފުޒުތައް" )ޑިއެކްޓިކް އެކްސްޕުރެޝަންތައް) ބަހުގައި ގިނަވުމަކީ
ބަސް ކުރިއެރުމަށް
މަގުފަހިވާނެ ކަމެކެވެ (ސްޓެފަން ސީ. ލެވިންސަން، 2006). އިނގިރޭސި ބަހުގައި
ހުރި ޑިއެކްޓިކް
މަރކަރ ނުވަތަ 'އިފުޒު ފާހަގަ' ތަކަކީ ދުރު ހާމަކޮށްދޭ
ލަފުޒު (Distal)އާ ގާތްކަން
ހާމަވާ ލަފުޒު
(Proximal)އެވެ. ނަމަވެސް ދިވެހި
ބަހުގައި މި
ދެ ބައިގެ
އިތުރުން މެދުމިން
ހާމަކުރުމަށްޓަކައި (Medial) ބޭނުންކުރެ އެވެ. މިއީ،
ޕުރެގުމެޓިކްސް ތަޙްލީލުތަކުން
ދިވެހިބަހަށް ލިބިފައިވާ
ކުރިއެރުންތަކެކެވެ. މީގެ އިތުރުން
ދިވެހި ބަހުގައި
ހިމެނޭ ޢާއިލީ
ނަންތައް(Kinterms) އިޝާރާތުގެ
ލަފުޒުގެ
ނުވަތަ އިފުޒު (Diactic)ގެ ގޮތުގައި ބޭނުންކުރެވޭނަމަ އޮސްޓުރޭލިއަން ޢާއިލާގެ
ބަސްތަކާ އެއްފަދަ
ވާނެކަމަށް ޤަބޫލުކުރެވެ
އެވެ. އެހެނީ،
އޮސްޓުރޭލިއަން ޢާއިލީ
ބަސްބަހުގައި ޢާއިލީ
ނަންތައް (Vocative) ގެ ގޮތުގައި ޑިއެކްޓިކުސްނުވަތަ 'އިފުޒު'ގެ ގޮތުގައި ބޭނުން
ކުރާކަމަށް
ސްޓެފަންސީ ލެވިންސަން (2006) ހާމަކުރައްވަ އެވެ. ދިވެހިބަހުގެ ޠަބީޢަތުގައި
ހުރި މިފަދަ
އުޞޫލުތައް ދިރާސާކޮށް
ބަސްވާރުންގެ ރަޢުޔުތަކަށް
ބިނާކޮށް ގަވާއިދުތަކެއް
ކަނޑައެޅިފައި ނުވާ
ކަމީ ބަސްކުރިއެރުމަށް ހުރި ގޮންޖެހުންތަކެކެވެ. މި ގޮންޖެހުންތަކުން އަރައިގަނެ
ދިވެހި ބަހުގެ ޕުރެގްމެޓިކްސް
ގައި ހުރި
މުއްސަނދިކަން ހާމަކޮށްދެވިއްޖެނަމަ ދިވެހިބަހަށް ލޯބިކުރާ
މީހުން އިތުރުވެ
ބަސްކުރި އެރުމަށް
ފުރުޞަތު ހުޅުވޭނެ އެވެ. އޭރުން ބަހުގައި ހުރި ޠަބިއީ މުއްސަނދިކަން
އިތުރަށް ހާމަވެގެންދާނެ އެވެ.
ބަހުގައި ހިމެނޭ
ޢިލްމީ ޚަޒާނާ
މުއްސަނދި ވުމަކީ
ބަހުގެ ޠަބީޢަތުގައި
ބަސްކުރިއަރައި ދިޔުމަށް
މަގުފަހިވާނެ ކަމެކެވެ. މިގޮތުން، ބަހުގެ
މަޖައްލަތަކާއި ޢިލްމީ
މަޖައްލާތަކާއި ޢިލްމީ
ޕޮރޮގުރާމުތަކާއި ޢިލްމީ
ބަހުސްތައް ކުރުމުގެ
ފުރުޞަތުތައް ލިބުމަކީ ޢިލްމީ
ޚަޒާނާ މުއްސަނދި
ވާނެކަމެކެވެ. ދިވެހިބަހުން މިފަދަ
ފުރުޞަތުތައް ހުރިލެއް
މަދީ އެވެ. ޤައުމީ ފެންވަރުގައި
ޢިލްމީ ބަހުސް
މުބާރާތްތަކާއި ޢިލްމީ
ޕުރޮގުރާމްތައް ހިންގޭ
މިންވަރު މަދީ އެވެ. ނަތީޖާއެއްގެ ގޮތުން
ބަހުގައި ހިމެނޭ
ލަފުޒުތައް ހެދިބޮޑުވަމަށް
ހުރި ފުރުޞަތުތައް
މަދުވަނީ އެވެ. އައު ލަފުޒުތައް
އުފަންވުމަށް އޮތް
ޖަގަހަތައް ހަނިވަނީ އެވެ. ލަފުޒުތަކުގެ މާނަތައް
ފުޅާވުމަށް ހުރި
ދޮރުތައް ބަންދުވަނީ އެވެ. ބަހުގެ މުއްސަނދި
ސަޤާފަތަށް ޒުވާން
ޖީލު ބީރައްޓެހިވާނީ އެވެ. މިކަމުގެ ސަބަބުން
ދިވެހިބަސް ކުރިއެރުމަށް
ގޮންޖެހުންތައް ކުރިމަތިވަނީ
އެވެ. އެހެންކަމުން، ބަހުގެ
ޢިލްމީ ޚަޒާނާ
މުއްސަނދިކުރުމުން ސީދާކޮށްނާއި
ނުސީދާކޮށް ބަސް
ކުރިއަރައި ބަހުގެ
ދުވެލި ހަލުވިވެ
ބަހުގެ ތޫނުކަން
ޠަބީޢަތުގައި އިތުރުވާނެ
އެވެ.
ބަހެއް ކުރިއަރައި
ދިޔުމަށްޓަކައި ބޭނުންވާ
އެންމެ މުހިއްމު
ކާނާ އަކީ
ބަހުން ވާހަކަދައްކާ މީހުންގެ
އަދަދު ގިނަވުމާއި
ކިޔަވައި ދިނުމުގައި
ބަސް ބޭނުން
ކުރެވޭ މިންވަރު
އިތުރުވުމެވެ. އެޑްވާޑް ފިނެގަން
(1999) ހަމަކުރައްވާ ގޮތުގައި
ބަހެއް ފަޤީރުވެ ނިކަމެތިވަނީ
ބަހުން ވާހަކަދައްކާ
މީހުން އެ
ބަސް ބޭނުންކުރާ
މިންވަރު މަދުވުމުންނެވެ. ދިވެހިރާއްޖެއަށް ބަލާއިރު
ތައުލީމު އުނގަންނައި
ދިނުމަށް ބޭނުންކުރަނީ
އިނގިރޭސިބަހެވެ.
ދިވެހިބަހުން ވާހަކަދެއްކުމުގެ ފުރުޞަތު
އޮންނަނީ އިސްލާމް
އަދި ދިވެހި
ގަޑީގަ އެވެ. މިކަމުގެ ސަބަބުން
ބަސް ބޭނުންކުރެވޭ
މިންވަރު މަދުވެ އެވެ. އެހެނީ ކުއްޖާ
ހެދިބޮޑުވުމަށް ކަޑައްތުކުރާ
މަރުހަލާތަކުގައި
ގިނައިން ބޭނުންކުރާ ބަހަކަށް
ސަމާލުވެވި އެބަހުގެ
މައްޗަށް ލޯބިޖެހޭނެ
އެވެ. ބޭއިޚްތިޔާރުގައި ނަމަވެސް
އަމިއްލަ ބަހުގެ
ހަމަތައް ކިޔެވުމުގައި
ބޭނުންކުރާ ބަސްބަހުގެ
އުސޫލުތަކަށް ފައްތާނެ އެވެ. މިކަމުގެ ހެކިތައް
ދިވެހިރާއްޖެއިން ދަނީ
ފެންނަމުންނެވެ. ދާދިފަހުން ބޭނުންކުރަން
ފެށި، ދިވެހި
މަޚުރަޖްތަކަށް ފެތޭ
ލަފުޒެއް ކަމަށްވާ 'އޮބި' މިހާރު އިނގިރޭސި
ތައްގަނޑަށް ފައްތައި
ދިވެހިން ބޭނުންކުރަން
ފަށައިފި އެވެ.
'އޮބިނެސް(Obiness) 'ގެ ގޮތުގަ އެވެ. މިއީ ގަސްތުގައި
ގެންނަ ބަދަލުތަކެއް
ނޫނެވެ. އިޚުތިޔާރުން ބޭރުގައި
ގެނެވޭ ބަދަލުތަކެކެވެ. ސަބަބަކީ ނާސަރީގައި
ކިޔަވާ ދުވަސްވަރުން
ފެށިގެން އެހެން
ބަހަކަށް ހާނުވައި
އެ ބަހަށް
ލޯބިޖެއްސުމެވެ. ވީމާ، ބަހަށް
ކުރިއެރުމާއި ތަހުޒީބުކަން
ގެނައުމަށް މާދަރީބަހުން
ކިޔަވައިދެވޭ މިންވަރު
އިތުރުކުރަންޖެހެ
އެވެ. އޭރުން ދަރިވަރުންނާއި
ޒުވާނުން (އިޚުތިޔާރަކާ ނުލައި) ބަހަށް
ޝައުގުވެރިވާނެ
އެވެ. ކިއެއްތަ، ބަސްތަރައްޤީވުމަށް ބޭނުންވާ
ޠަބައީ އުޞޫލުތަކަށް
ފުރުޞަތުތައް
އެވެރިންގެ ފުށުން ހޯދައިދެވޭނެ އެވެ.
ދިވެހިބަސް ކުރިއަރައި ތަރައްގީވުމަށްޓަކައި ބޭނުންވަނީ ބަހުގެ
ޠަބީއަތުގައި ބަހުގެ
އަމިއްލަޒާތުގައި ކުރިއެރުމަށް ފުރުޞަތުތައް އިތުރުކުރުމެވެ.
ބަހަވީ ސައިންސްގެ އަލީގައި
ބަސް ދިރާސާކޮށްގެންނެވެ. ބަހުގެ އަޑުތަކާއި
މާނަތަކާއި ލަފުޒު
ވިއްސުމާއި ބަހުގެ
އޮނިގަނޑު ކުރިއެރުވުމަށް މަގުފަހި
ކުރެވިގެންނެވެ. މިކަންކަން ފުރިހަމަގޮތުގައި ކުރިއަށް ގެންދެވޭނީ
ދިވެހިބަހުން ކިޔަވައި
ދިނުން އިތުރުކޮށްގެންނެވެ. މިހެންވެއްޖެނަމަ، ދިވެހިބަހުގެ ޢިލްމީ ޚަޒާނާ
މުއްސަނދިވެ، ބަސް އޭގެ ޠަބީޢަތުގައި ކުރިއަރައި ދާނެ އެވެ.
ބަސް ކުރިއެރުމަށް ހުރި
ގޮންޖެހުންތައް ނެތި
ބަސް މުއްސަނދިވެގެން ދާނެ އެވެ.
ޢިލްމީ މައިދާނުގައި ބަހުގެ
ދަރަޖަ އުފުލި ނާސަރީ
މަރުހަލާއިން ފެށިގެން
ޔުނިވަރސިޓީގެ މަތީ
ޝަރަފުވެރި މަޤާމުތަކުން ޖާގަ ހޯދާނެ އެވެ.
އެހިނދުން ދިވެހި ބަހަކީ
ވެސް އެހެނިހެން ބަސްބަހަށް
ދޫނުކުރާ ބަހަކަށްވެ ކޮންމެ
ދިވެހި ދަރިއަކަށް މޭގައި
އަތް ޖަހައިލާ ބުނެލެވޭނީ:
"އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް
އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ"
އެވެ.
ޙަވާލާތައް:
v ހުސައިން ރަޝީދު އަޙްމަދު. (1996). ދިވެހިބަހުގެ
އަޑު. ]މުސައްނިފު[.
v ބްލޭންކް އެންޑްރާސް. (1999). ވައި ޑޫ ނިއު މީނިން އޮކަރ؟ އަ ކޮގްނިޓިވް ޓައިޕޮލޮޖީ
އޮފް ދަ މޯޑީވޭޝަން ފޯރ ލެކްސިކަލް ސެމޭންޓިކް ޗޭންޖް. ހިސްޓްރިކަލް ސެމޭންޓިކް
އެންޑް ކޮގްނިޝަން. ނިއުޔޯކް: މޯޝަންޑީ ގްރޭޓަރ.
v އެޑްވަރޑް ފިނެގަން. (1999). ސްޕީޗް
އެކްޓްސް އެންޑް ކޮންވަރޒޭޝަން. ލެންގުއޭޖް އިޓްސް
ސްޓްރަކްޗަރ އެންޑް ޔޫސް. އޯރލެންޑޯ: ހަރކޯރޓް ބްރޭސް ކޮލެޖް
ޕަބުލިޝަރ.
v
ވިކްޓޯރިއާ ފޮރޮމްކިން، ޑޭވިޑް ބުލެއަރ، ޕީޓަރ ކޮލިންސް. (1999). އޭން
އިންޓްރޮޑަކުޝަން ޓު ދަ ލެންގުއޭޖް
(ފޯރތް އެޑިޝަން). އޯލަންޑް ފްލޮރިޑާ:
ހާކޯރޓް އޮސްޓްރޭލިއާ ޕްރަވެޓް ލ.މ.ޓ.
v
ސްޓެފަން ސީ. ލެވިންސަން. (2006). 'ޑިއެކްސިސް'. އިން ލޯރެންސް އާރު. ހޯން،
ޖިރޯގޮރީ އެލް. ވަރޑް (އެޑިޓެޑް). ދަ ހޭންޑް ބުކު އޮފް ޕްރެގްމެޓިކްސް.
ކެމްބްރިޖް: ބުލެކްވެލް ޕްބްލިޝިން.
v ޑޭވިޑް ކްރިސްޓަލް. (1987). ދަ
ކެމްބްރިޖް އެންސައިކްލޮޕީޑީއާ އޮފް ލެންގްއޭޖް. (ގައުމުނެތް): ގުއިލެޑް
ޕަބްލިޝިން.
v ޖޯޖް
ޔޫލޭ. (2000). ޑިސްޓެންސް އެންޑް ޑިސްކޯސް. ޕްރެގްމެޓިކްސް (ފަސްވަނަ އިސްދާރު).
އޮކްސްފޯޑް: އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.
No comments:
Post a Comment